ބަލަހައްޓާ ރިކޯޑު
ބަލަހައްޓާ ރިކޯޑަކީ ކުދިންގެ ކިޔުމުގެ ހުނަރު އެންމެ ފުރިހަމައަށް އަދި އަވަހަށް ބެލެހެއްޓުމަށް ބޭނުންކުރާ ގޮތެކެވެ. މިގޮތަށް ބޭނުން ކުރުމަށް ތިރީގައި ދީފައިވާ ކޯޑެތަށް ބޭނުން ކުރެވިދާނެއެވެ.
-މުދައްރިސް ކިޔައިދިނުން މ ކ
-އަމިއްލައަށް ރަނގަޅު ކުރުން އ ރ
-ބަސްދޫކުރުން ބ ދ
-އިތުރުބަސްކިޔުން އ ބ
-އަދިއެއްފަހަރުކިޔާ އ އ ކ
-ތަކުރާރުވުން ތ ރ
-ފެށޭ ތަނެއް ތިކުރާރުވުން ފ ތރ
-ހުއްޓާލާފައި ކިޔުން ހ ޓ
އެހީއަށް އެދުން އ އ
Saturday, June 27, 2009
Thursday, June 25, 2009
Tuesday, June 16, 2009
ނުވޭ ދާހިތެއް މަ އިސްކޫލަކަށް
އާމިނަތު ޠީނާ-
އިވޭ ބަންގި އާއެކު އެދުން ތުދުކުރަން
އިވޭނޭ ގޮވާއަޑު ހަޅޭއްވެސް ލަމުން
އޮވޭހޭ ނިދަން ދެފައި ދަމަމަމުން
ނުވޭ ދާހިތެއް އަދު މައިސްކޫލަކަށް
ފިނިން ގޮސް އެހާ ފިނި ފަތިހު ފެންވަރަން
ނިދިން ތެދުވެގެން ގޮސް ގިފިއްޔަށް ވަނުން
އެއީ އަޅެ މަށަށްވާ ކަމެއް ނޫން ކަމުން
ނުވޭދާހިތެއް އަދު މައިސްކޫލަކަށް
މިގޭގައިކިރެއްނެތް މަބޯލީ "ކަޅަށް"
އެގޭން ހޯދި ރޮށްޓެއް ހަފާލީ ހުހަށް
އެނގޭހޭ މަހުންނަން ޖެހޭނީ ބަނޑަށް
ނުވޭދާހިތެއް އަދު މައިސްކޫލަކަށް
މަސައްކަތް ހަދަން ދިން ނުނިންމާ ގެއަށް
މަސައްކަތް އިތުރު ޖެއްސިއޭ ގިނަ މަށަށް
ހިތަށް އެބައަރާއަދު ފިލަން ވަދެ ވަލަށް
ނުވޭދާ ހިތެއް އަދު މަ އިސްކޫލަކަށް
އާމިނަތު ޠީނާ-
އިވޭ ބަންގި އާއެކު އެދުން ތުދުކުރަން
އިވޭނޭ ގޮވާއަޑު ހަޅޭއްވެސް ލަމުން
އޮވޭހޭ ނިދަން ދެފައި ދަމަމަމުން
ނުވޭ ދާހިތެއް އަދު މައިސްކޫލަކަށް
ފިނިން ގޮސް އެހާ ފިނި ފަތިހު ފެންވަރަން
ނިދިން ތެދުވެގެން ގޮސް ގިފިއްޔަށް ވަނުން
އެއީ އަޅެ މަށަށްވާ ކަމެއް ނޫން ކަމުން
ނުވޭދާހިތެއް އަދު މައިސްކޫލަކަށް
މިގޭގައިކިރެއްނެތް މަބޯލީ "ކަޅަށް"
އެގޭން ހޯދި ރޮށްޓެއް ހަފާލީ ހުހަށް
އެނގޭހޭ މަހުންނަން ޖެހޭނީ ބަނޑަށް
ނުވޭދާހިތެއް އަދު މައިސްކޫލަކަށް
މަސައްކަތް ހަދަން ދިން ނުނިންމާ ގެއަށް
މަސައްކަތް އިތުރު ޖެއްސިއޭ ގިނަ މަށަށް
ހިތަށް އެބައަރާއަދު ފިލަން ވަދެ ވަލަށް
ނުވޭދާ ހިތެއް އަދު މަ އިސްކޫލަކަށް
Subscribe to:
Comments (Atom)


.jpg)